ϳԹ

Master of Teaching Islam (MTI)
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއެކު، ސްކޫލުތަކުން ނިމޭ ދަރިވަރުންނަކީ އިސްލާމްދީން ދެކެ ލޯބިވާ، އެ ދީނުގެ ޞައްޙަ މަޢުލޫމާތު ލިބިގެންވާ ދަރިވަރުންކަމުގައި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެ މާއްދާ ރަނގަޅަށް ކިޔަވައިދެވިއްޖެނަމަ އެއީ އެ ދަރިވަރުންގެ ތަރުބިއްޔަތަށާއި ދިރިއުޅުމަށް ގިނަގުނަ ފައިދާތަކެއް ދުނިޔެއާއި އާޚިރަތުގައި ކުރާނެއެވެ. އަދި ޒަމާނީ ތަފާތު އޮއިވަރުތަކުން ސަލާމަތްވުމަށްވެސް މިއީ މުހިއްމުކަމެކެވެ. މި މާއްދާ އެންމެ ހެޔޮ ރަނގަޅު ގޮތުގައި އުނގަންނައިދިނުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ޢިލްމީ، ހުނަރުވެރި، ޤާބިލު މުދައްރިސުން އުފެއްދުމެވެ. ޚާއްޞަގޮތެއްގައި ޓެކްނޮލޮޖީގެ މިފަދަ ޒަމާނެއްގައި އެ ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަން އެނގޭ މުދައްރިސުންނަށް ވަނީ ބޭނުންޖެހިފައެވެ. ބަދަލުވަމުން މިއަންނަ ޒަމާނުގެ ޙާލަތްތަކަށް ރިޢާޔަތްކުރެވިފައިވާ އިސްލާމްގެ މުޤައްރަރުތަކަށް ވަނީ ބޭނުންޖެހިފައެވެ. އިސްލާމް މާއްދާ އުނގަންނައިދޭއިރު ދަރިވަރުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ވަނީ ބޭނުންޖެހިފައެވެ. އެހެންކަމުން، މި ބަޔާންކުރެވުނު ކަންކަން ޙާޞިލުކުރުމަށްޓަކައި ތައްޔާރުކޮށްފައި މިވާ ކޯހަކީ އިސްލާމް މާއްދާ ކިޔަވައިދެއްވަމުން މިހާރުވެސް ގެންދަވާ މުދައްރިސުންނަށް އަދިވެސް އިތުރަށް މަތީ ތަޢުލީމު އުނގަންނައިދީ، މި ދާއިރާއަށް ބޭނުންވާނެ އިތުރު ހުނަރުތައް އަށަގެންނެވުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.
  • Programme Name:  
    Master of Teaching Islam
  • MNQF Level: 9
  • Duration: 1 Year
  • Credits: 120
Entry Requirements:
ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޕޯސްޓްގުރެޖްއޭޓް ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން.
Modules
  1. Curriculum Policy and Practice
  2. Islam and Contemporary Challenges
  3. Assessment Issues and Practice
  4. Teaching Practicum
  5. Tafsir Ayat Al-Ahkam
  6. Developmental Psychology : Theory and Practice
  7. Educational Psychology : Theory and Practice
  8. Islam Teaching Methodology
  9. Research Methods